ސިލިކަން
ސިލިކަން(އިނގިރޭސި ބަހުން: Silicon) އަކީ ބިންމަތީގައި އެންމެ އާންމު މަޢުދަނެވެ. އަދި މިއީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓެއް ކަމަށް ބެލެވެއެވެ. މިމާއްދާ ހުންނަނީ ކަށިތަކުގައްޔާއި، ކާޓިލޭޖް، ލޭނާރުތަކާއި، ހަންގަނޑާއި، އިސްތަށީގައެވެ. ސިލިކަން އެންމެ ގިނައަދަދަކަށް ހުންނަނީ ކަށިތަކުގައެވެ. އެހެންކަމުން ކަށިތައް އުފެދުމުގައާއި، ގިރިބިންގައި ކަށިތައް ދެމެހެއްޓުމުގައި ސިލިކަން މުހިއްމު ރޯލެއް އަދާކުރެއެވެ. މީގެ އިތުރުން ލޭނާރުތަކުގެ ދެމިކުރުވުން ހުންނަންވާގޮތުގައި ބެހެއްޓުމަށް ވެސް ސިލިކަން އެހީތެރި ވެދެއެވެ. ހަމަ އެހެންމެ ހަށިގަނޑުގެ އެހެން ވެސް ދެމިކުރުވާ ނާރުތަކުގައި ސިލިކަން އެކުލެވެއެވެ. ސިލިކަން ހަށިގަނޑުގައި މަދުވެއްޖެނަމަ ހިތާއި ލޭހޮޅި ތަކުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އެއީ ސިލިކަން އަކީ ލޭނާރު ހޮޅިތަކުގެ އެތެރެ ފަށްތައް އުފެދުމަށާއި، ދެމެހެއްޓުމަށް ބޭނުންވާ އެއްޗަކަށްވާތީ އެވެ. ބޮޑުމީހެއްގެ ދުވަހެއްގެ ކާނާގައި 50-20 މިލިގްރާމް އާއި ދޭތެރޭގެ މިންވަރަކަށް ސިލިކަން އެކުލެވިފައިވުން ބޭނުމެވެ. ސިލިކަން ހަށިގަނޑަށް ގިނަގިނައިން ނެގެނީ ގަސްގަހާ ގެހިން ލިބޭ ކާނާއިންނެވެ. މަދު މިންވަރެއް ޖަނަވާރުން ލިބޭ ކާނާއިން ވެސް ނެގެއެވެ. ސިލިކަން އެކުލެވޭ ކާނާގެ ތެރޭގައި، ގޮދަން، ހަނޑޫ، ކިރުކޮޕީފަތް، ކަންބާ، އެވަކާޑޯ، އަދި ސްޓޯބެރީ ހިމެނެއެވެ. މިއީ ގިނައިން ކެއުމުން ވިހަވާ އެއްޗެއް ނޫނެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003