(Translated by https://www.hiragana.jp/)
ކޮސްޓަރީކާ - ވިކިޕީޑިއާ Jump to content

ކޮސްޓަރީކާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
República de Costa Rica  ފަންވަތް:Es icon
Flag of Costa Rica
Flag
Coat of arms of Costa Rica
Coat of arms
ގައުމީ ސަލާމް: 
Noble patria, tu hermosa bandera  ފަންވަތް:Es icon
"Noble homeland, your beautiful flag"
Location of Costa Rica
ވެރިރަށް
and largest city
San José
ރަސްމީ ބަސްތައްSpanish
އާންމު ސަރަހައްދީ ބަސްތައްMekatelyu
ނަސްލު ގުރޫޕުތައް
80% Caucasian
15% Mestizo
3% Black
1% Amerindian
1% Chinese
ޑިމޮނިމްCosta Rican; Tico
ސަރުކާރުConstitutional democracy
(Presidential republic)
• President
Óscar Arias
Laura Chinchilla
Independence 
from Spain (via Guatemala)
• Declared
September 15, 1821
• Recognized by Spain
May 10, 1850
• from the UPCA
1838
ސަރަޙައްދު
• Total
51,100 km2 (19,700 sq mi) (128th)
• Water (%)
0.7
އާބާދީ
• May 2009 estimate
4,509,290 (119th)
• Density
85/km2 (220.1/sq mi) (107th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$48.663 billion[1]
• ބޮލަކަށް ޖެހެނީ
$10,735[1]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$29.664 billion[1]
• ބޮލަކަށް ޖެހެނީ
$6,543[1]
ޖިނީ (2001)49.9
high
އެޗްޑީއައި (2007) 0.854
Error: Invalid HDI value (54th)
ފައިސާCosta Rican colón (CRC)
ޓައިމް ޒޯންޔޫޓީސީ-6
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް+506
އައިއެސްއޯ 3166 ކޯޑްCR
އިންޓަރނެޓް ޓީއެލްޑީ.cr


ކޮސްޓަރީކާއަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ކޮސްޓަރީކާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން މެކަތެލްޔޫ ބަހަކީ ވެސް ބަލައިގަނެވިފައިވާ ބަހެކެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކޮސްޓަރީކަންސްއެވެ. ނުވަތަ ތީކޯސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަން ޖޯސްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ ޑިމޮކްރަސީއެކެވެ. ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 118 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 51100 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cr. އެވެ. ކޯލިން ކޯޑަކީ +506 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮލޯންއެވެ.

މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކޮސްޓަރީކާއެވެ. “ކޮސްޓަރީކާ” މި ނަމުގެ މާނައަކީ ރިޗް ކޯސްޓް ނުވަތަ މުއްސަނދި އައްސޭރިއެވެ.

ކޮސްޓަރީކާގެ އުތުރުގައި އޮތީ ނިކަރާގުއާއެވެ. އިރުމައްޗާއި ދެކުނުގައި އޮތީ ޕެނަމާއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް މާކަނޑެވެ. އިރުމަތީގައި އޮތީ ކެރީބިޔަން ކަނޑެވެ. ކޮސްޓަރިކާ އަކީ ވަރަށް ތަފާތު ގައުމެކެވެ.

އާސާރީ ހެކިތަކުން ދައްކާ ގޮތުގައި ކޮސްޓަރީކާއަކީ ވަރަށް ކުރީއްސުރެ މީހުން އާބާދުވެފައިވާ ތަނެކެވެ. ސްޕޭނު މީހުން މި ޤައުމަށް އައިސްފައި ވަނީ މީލާދީން 16 ވަނަ ޤަރުނުގައެވެ. ކޮސްޓަރީކާގެ އަޞްލު ރަށްވެހީންގެ ތެރެއިން އެމީހުންގެ ނަސްލު ދެމެހެއްޓުމަށް ޓަކައި ދިރިތިބީ ވަރަށް މަދުބައެކެވެ. ޔޫރަޕު މީހުން މި ބައްރަށް އަލަށް ގެނައި ބަލިތަކަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ތައްޔާރުވެފައި ނެތުމުގެ ސަބަބުން އެންމެ ފުރަތަމަ ޝިކާރައަކަށް ވެގެން ދިޔަ އާބާދީއަކީ ކޮސްޓަރީކާގެ އަޞްލު ރަށްވެހީންގެ އާބާދީއެވެ. މީގެ ތެރެއިން ގިނަ ބަޔަކު މަރުވެގެން ގޮސްފައިވަނީ ކަށިވިދުރީގެ ސަބަބުންނެވެ. ދެން ތިބި މީހުން މަރުވެފައިވަނީ ސްޕެއިނު މީހުން އެމީހުންނާ ދޭތެރޭ ކަންތައް ކުރި އިހާނާތްތެރި ގޮތްތަކުގެ ސަބަބުންނެވެ. ޔޫރަޕުގެ މީހަކަށް އެންމެ ފުރަތަމަ ކޮށްޓަރީކާގެ ބިމުގައި ފައި ބީއްސާލި މީހަކީ ކްރިސްޓަފަރ ކޮލަންބަސްއެވެ. އެއީ މީލާދީން 1502 ވަނަ އަހަރުގައެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ 22 ޑިމޮކްރަސީގެ ތެރޭގައި ހިމެނޭ ލެޓިން އެމެރިކާގެ ހަމަ އެކަނި ޤައުމަކީ ކޮސްޓަރީކާއެވެ. ކޮސްޓަރީކާއިން ވަނީ އެ ޤައުމުގެ ޢަސްކަރިއްޔާ 1949 ވަނަ އަހަރުން ފެށިގެން ދާއިމީ ގޮތަކަށް އުވާލާފައެވެ. ކޮސްޓަރީކާއިން ވަނީ 2021 ގައި ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަކަށް ވާނީ އެ ޤައުމުކަމަށް 2007 ގައި އިޢުލާންކޮށްފައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ކޮސްޓަރީކާގެ އާބާދީގެ 80% އަކީ ކައުކާސީ ނަސްލުގެ މީހުންނެވެ. 15% އަކީ މެސްޓިޒޯއިންނެވެ. 3% އަކީ ކަޅު މީހުންނެވެ. 1% އަކީ އެމެރިންޑިޔަނުންނެވެ. 1% އަކީ ޗައިނީޒް ނަސްލުގެ މީހުންނެވެ. ކައުކާސީ ނަސްލަށް ބަލާއިރުގައި، މި ނަސްލުގެ ގިނަ މީހުންނަކީ ސްޕޭނު މަތިކޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނު، އިނގިރޭސި، ޑަޗް، ފަރަންސޭސި، އައިރިޝް، ޕޯޗުގީޒު، ލުބުނާނީ، ޕޮލެންޑު މަތިކޮޅުތަކަށް ނިސްބަތްވާ މީހުން ވެސް ކޮސްޓަރީކާގައި މަދެއް ނޫނެވެ. ކޮސްޓަރީކާގެ އާބާދީގެ އާބާދީގެ 70.5% މީހުންނަކީ ކެތަލިކް ކްރިސްޓިޔަނުންނެވެ.

ކޮސްޓަރީއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. މެސޯ އެމެރިކަން ސަގާފަތާއި ދެކުނު އެމެރިކާގެ ސަގާފަތް ބައްދަލުވި ނުގުތާއަކީ ކޮސްޓަރީކާއެވެ. މި ދެ ސަގާފަތުގެ އިތުރުން ސްޕޭނު މީހުންގެ ސަގާފަތް ވަނީ މިއަދުގެ ކޮސްޓަރީކާގެ މަސްހުނި ސަގާފަތް އެކުލެވިގެން ދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ހެޕީ ޕްލެނެޓް އިންޑެކްސްގެ އެއްވަނައިގައި އޮތް ކޮސްޓަރީކާއަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ފެހި ޤައުމެވެ. އެހެން ނަމަވެސް ކޮސްޓަރީކާގެ އިޤްތިޞާދަކީ އެހައި ފެހި އިޤްތިޞާދެކޭ ބުނެވޭކަށެއް ނެތެވެ. އެ ޤައުމުގެ އިންފްލޭޝަން ރޭޓަކީ ލެޓިން އެމެރިކާއަށް ބަލާއިރުގައި ހަތަރުވަނައަށް އެންމެ މަތީ އިންފްލޭޝަން ރޭޓެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10735 ޑޮލަރެވެ.

  1. 1.0 1.1 1.2 1.3 "Costa Rica". International Monetary Fund. Retrieved 2009-10-01.