(Translated by https://www.hiragana.jp/)
ޖަޕާނު - ވިކިޕީޑިއާ Jump to content

ޖަޕާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Japan
日本にっぽんこく
Flag of Japan
Flag
Imperial Seal of Japan
Imperial Seal
ގައުމީ ސަލާމް: Kimi ga Yo  (きみ)
Imperial Reign
Location of Japan
ވެރިރަށް
and largest city
Tokyo1
ރަސްމީ ބަސްތައްJapanese
ސަރުކާރުConstitutional monarchy
• Emperor
Naruhito
Fumio Kishida
February 11, 660 BC3
November 29 1890
May 3 1947

April 28 1952
• Water (%)
0.8
އާބާދީ
• 2007 estimate
127,433,494 (10th)
• 2004 census
127,333,002
ޖީޑީޕީ (ޕީޕީޕީ)2006 estimate
• ޖުމްލަ
$4.220 trillion2 (3rd)
• ބޮލަކަށް ޖެހެނީ
$33,1002 (12th)
ޖީޑީޕީ (nominal)2006 estimate
• ޖުމްލަ
$4.911 trillion2 (2nd)
• ބޮލަކަށް ޖެހެނީ
$38,341 (14th)
އެޗްޑީއައި (2004) 0.949
Error: Invalid HDI value (7th)
ފައިސާYen (International ¥)
En (Japanese えん) (JPY)
ޓައިމް ޒޯންޔޫޓީސީ+9 (JST)
• ސަމާ (ޑީއެސްޓީ)
not observed
ކޯލް ކޯޑް81
އައިއެސްއޯ 3166 ކޯޑްJP
އިންޓަރނެޓް ޓީއެލްޑީ.jp

ޖަޕާނަކީ އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާ ޤައުމު އެކުލެވިގެންވަނީ 6852 ރަށުގެ މައްޗަށެވެ. ޖަޕާނަކީ އާބާދީގެ ގޮތުން ބަލާއިރު ދުނިޔޭގައި 10 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަކީ، މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު މެޓްރޮޕޮލިޓަން އޭރިޔާއެވެ. މި ސަރަޙައްދުގައި އެކަނި 30 މިލިޔަން މީހުން ދިރިއުޅެއެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ޖަޕާނުގެ ރަސްމީ ބަހެއް ކަނޑައެޅިފައެއް ނޯވެއެވެ. އެހެން ނަމަވެސް ޤައުމީ ބަހަކީ ޖަޕަނީޒް ބަހެވެ. މީގެ އިތުރުން ވެސް ސަރަޙައްދީ ބައެއް ބަސްބަސް ރިކޮގްނައިޒް ލެންގުއޭޖަސްގެ ގޮތުގައި ބެލެވެމުންދެއެވެ. އެންމެ ބޮޑު ޝަހަރަކީ ޓޯކިޔޯއެވެ. އަދި ވެރިކަން ކުރަނީ ވެސް ޓޯކިޔޯގައެވެ. ޖަޕާނަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ޖަޕާނުގެ އެމްޕެރަރ ކަމުގެ މަޤާމުގައި މިވަގުތު އިންނެވީ އަކިހީޓޯއެވެ. ބޮޑުވަޒީރަކީ ޔުކިޔޯ ހަޓޮޔާމާއެވެ.ޖަޕާނުގެ އާބާދީއަކީ 128 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 38457 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.38 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ jp. އެވެ. ކޯލިން ކޯޑަކީ +81 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޖަޕަނީޒް ޔެންއެވެ.

ނަން[އުނިއިތުރު ގެންނަވާ]

ޖަޕާނުގެ ނަމުގައި ހިމެނޭ ކެރެކްޓަރތަކުގެ މާނައަކީ “އިރަށް ނިސްބަތްވާ” ނުވަތަ “އިރުން އުފެދިގެންވާ” އެވެ. ޖަޕާނަށް “ލޭންޑް އޮފް ދަ ރައިޒިން ސަން” އޭ ކިޔަނީ ވެސް އެހެން ވެގެންނެވެ. ޖަޕާނަށް އެ ޤައުމުގެ ބަހުން ކިޔަނީ “ނިއްޕޮން”ނުވަތަ “ނިއްހޮން” އެވެ.މި ދެނަން ވެސް އިނގިރޭސި ބަހުން ތަރުޖަމާ ކުރެވިފައިވަނީ “ލޭންޑް އޮފް ދަ ރައިޒިން ސަން” މި ގޮތަށެވެ. ޖަޕާނު މީހުންނަށް އެމީހުންގެ ބަހުން ކިޔަނީ “ނިހޮންޖިން” އެވެ. އެމީހުންގެ ބަހަށް ކިޔަނީ “ނިހޮންގޯ”އެވެ.

ޖުގުރާފީ[އުނިއިތުރު ގެންނަވާ]

ޖަޕާނު އޮތީ ޕެސިފިކްގެ ކަނޑުގައި ޗައިނާ އާއި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އާއި ރަޝިޔާގެ އިރުމަތީގައެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި ޖަޕާނުގައި އަޕަރ ޕެލިއޮލިތިކް ޒަމާނުގައި ވެސް މީހުން އުޅެފައިވެއެވެ. އެންމެ ފުރަތަމައަށް ޖަޕާނުގެ ވާހަކަ ނަންގަނެވިފައިވަނީ ޗައިނާގެ ތާރީޚީ ލިޔުންތަކުގައެވެ. އެއީ މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގައެވެ. ޖަޕާނަށް ބުދިޒަމް އައިސްފައިވަނީ ކޮރެއަން ޕެނިންސޫލާއިިންނެވެ. ޖަޕާނުން ވަނީ 1937 ވަނަ އަހަރު ޗައިނާގެ ބައެއް ތަންތަނަށް ޙަމަލާދީފައެވެ. މި ގޮތުން ޖަޕާނު ޗައިނާ ހަނގުރާމަ 1937 އިން 1945 އަށް ހިނގިއެވެ. ޖަޕާނުން އެ ޤައުމުގެ ފައުންޑޭޝަން ދުވަހެއްގެ ގޮތުގައި ބަލަނީ 11 ފެބްރުއަރީ 660 މ.ކ. އެވެ. މ.ކ ގެ މަޠުލަބަކީ ޢީސާއީ މީލާދުގެ ކުރި، ނުވަތަ ބީ.ސީ އެވެ. ދެން އޮތީ އެ ޤައުމުގެ ކުރީގެ ޤާނޫނު އަސާސީ ހިންގަން ފެށި ދުވަހެވެ. އެއީ ނޮވެންބަރު 29، 1890 އެވެ. މިހާރުގެ ޤާނޫނު އަސާސީ އަކީ 3 މެއި 1947 ގައި ހިންގަން ފެށުނު ޤާނޫނު އަސާސީއެކެވެ. މީގެ އިތުރުން ޖަޕާނުގެ ތާރީޚުގައި މުހިއްމު އެކައްޗަކީ ސެންފްރާންސިސްކޯ ޓްރީޓީއެވެ. އެޕްރީލް 28، 1952 ގައި ސޮއިކުރެވުނު ޓްރީޓީއެކެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

ޖަޕާނުގެ މީހުންނަކީ ބަހުގެ ގޮތުންނާއިި ސަގާފީ ގޮތުން މާ ބޮޑަށް އިތުރުވެގެން ދިއުމުގެ މައްސަލައެވެ.

ދީން[އުނިއިތުރު ގެންނަވާ]

ޖަޕާނުގެ 36 އިންސައްތަ މީހުންނަކީ ބުޑިސްޓުންނެވެ. 2 އިންސައްތައަކީ ނަޞާރާއިންނެވެ. އާބާދީގައި މުސްލިމުން ހިއްސާކުރަނީ 0.5 އިންސައްތައަށް ވުރެ ވެސް މަދުންނެވެ. ބައިމަދު ދީންތަކުގެ މީހުން ފިޔަވައި ދެން ބާކީތަބި ގިނަ މީހުންނަކީ މުލްހިދުންނެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ޖަޕާނުގެ އާބާދީއަކީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ދުނިޔޭގެ އެހެން މީހުންނާ މާބޮޑު ގުޅުމެއް ނެތި، އެކަހެރިކޮށް އުޅުނު ބަޔަކަށް ވާތީ، އެ ޤައުމުގެ ސަގަފީ ކަންތައްތަކުން ވެސް މި އެކަހެރި ކަމާއި ތަފާތު ފެންނަން އެބައޮތެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

އިޤްތިޞާދީ ގޮތުން ބަލާއިރުގައި ޖަޕާނަކީ މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. ޖަޕާނުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 38457 ޑޮލަރެވެ. އިޤްތިޞާދީ ގޮތުން ޖަޕާނަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ އެ ޤައުމުގައި ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސްފައި އޮތް މިންވަރު ވަރަށް ބޮޑަށް ކުރިޔަށް ގޮސްފައިވާތީއެވެ. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމަކީ ވެސް ޖަޕާނުގެ އިޤްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ދެ ޞިނާޢަތެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]